ދިވެހިރާއްޖެ
މި ވުޒާރާގެ ނަންބަރު (IUL)13-E/13/2025/12 (23 ޖަނަވަރީ 2025) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ. މި ވުޒާރާގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ދެވިފައިވާ މަސައްކަތުގެ މަޢުލޫމާތަށް ގެނަވުނު ބަދަލާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު ތިރީގައިވާ ގޮތަށް ބަދަލު ގެނެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 13 ފެބްރުވަރީ 2025، 13:30އަށް
ވީމާ، މި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން[email protected] މެއިލް ކުރެއްވުމަށް ދެންނެވީމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.