ދިވެހިރާއްޖެ
މިމަދަރުސާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި މަދަރުސާގެ އައު އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ކޮރިޑޯގައި މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ހުށަހެޅޭނެ އެންމެ ބޮޑު އަގަކީ -/40,000 ރުފިޔާ (ސާޅިސް ހާސް ރުފިޔާ) އެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި އޮންލައިންކޮށް (އީމެއިލް މެދުވެރިކޮށް) ބައިވެރިވެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު: 2025 ފެބްރުއަރީ 05 އިން 16 ވާ އާދިއްތަ ދުވަހު 12:30 އަށް.
- އަންދާސީ ހިސާބު ހުށަހެޅުއްވުމަށް: 2025 ފެބްރުއަރީ 17 ވާ ހޯމަ ދުވަހު ހެނދުނު 10:30 އަށް ފ. އަތޮޅުމަދަރުސާ އަށް ދުރުވެދެއްވުން އެދެމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަމްބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަމްބަރ 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެކު ގެޒެޓް ކުރެވިފައިވާނެއެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ގުޅުއްވާނީ: 7952910
- ބީލަން ހުށަހެޅުމަށް މެއިލް ކުރައްވާނީ: [email protected]
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމުގެ ފޯމް: https://forms.gle/JNuaETTsKK8Y6mim8