ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުރިނބީ ގައި ބޭންކް އޮފް މޯލްޑިވްސް އިން އިމާރާތްކުރާ އޭ.ޓީ.އެމްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނުގެ ބިޑް ހުށަހަޅާ ދުވަސް ބަދަލުވުމާއި ގުޅޭ

ހދ. ކުރިނބީ ގައި އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)265/265/2025/9 އިޢުލާނާއި ގުޅިގެން ދަންނަވަމެވެ. ބިޑް ހުށަހެޅުމަށް ކުރިން ކަނޑައެޅިފައިވާ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ނިންމާފައިވާތީ، މަތީގައި ދެންނެވިފައިވާ އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުމަށް މިހާރު ހަމަޖެހިފައިވާ ދުވަހަކީ 2025 ފެބުރުވަރީ 09 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ފެބުރުވަރީ 2025
ހޯދާ