އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އދ. މަންދޫގައި ހެދުމަށް ހަމަޖެހިފައިވާ އޭ.ޓީ.އެމްގެ ޕްރީފެބް އިމާރާތުގެ ކޮންކްރީޓް ބޭސް ހަދައިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އދ. މަންދޫގައި ހެދުމަށް ހަމަޖެހިފައިވާ އޭ.ޓީ.އެމްގެ ޕްރީފެބް އިމާރާތުގެ ކޮންކްރީޓު ބޭސް ހަދައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ފެބުރުވަރީ 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 11 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ބީލަންފޯމް ފުރިހަމަކޮށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި މަސައްކަތަށް އަގުހުށައަޅާ ފޯމު މަޢުލޫމާތު ބައްދަލުވުމަށް ހާޞިރުވާ ފަރާތްތަކަށް ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 11 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.

05 ފެބުރުވަރީ 2025
ހޯދާ