މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދައުވަތު

            ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރ : 2010/7 ގެ 107 ވަނަ މާއްދާގެ ދަށުން، މިއަހަރުގެ ފެބުރުއަރީ މަހު ބާއްވަން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން 15 ފެބުރުއަރީ 2025 ވަނަ ދުވަހުގެ ރޭގަނޑު  8:30 ގައި ޕްރީސްކޫލް ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ނިމިދިޔަ އަހަރެކޭ އެއްފަދައިންވެސް މިއަހަރުގެ ބައްދަލުވުމުގައިވެސް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މައުރޫފް ޒާކިރު ބައިވެރިވެޑައިގަންނަވާނެއެވެ.

މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.

1-      2024 ވަނަ އަހަރުގެ ކައުންސިލްގެ އަހަރީ ރިޕޯރޓާއި މާލީ ރިޕޯރޓް ހިއްސާކުރުން.  

2-      2025 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓް ހިއްސާކުރުން.

3-      ރަށުގައި ހިންގާ ޕްރޮޖެކްޓް ތަކުގެ މަޢުލޫމާތު

4-      ރައްޔިތުންގެ ސުވާލާއި ޖަވާބު.

5-      މަޖިލިސް މެންބަރު ދެއްވާ އުމްރާދަތުރުގެ ގުރުނެގުން. ( ގުރުނެގުން ކުރިއަށްގެންދާނީ ނިމިދިޔަ އަހަރާއި އަދި  15 ފެބްރުއަރީ 2025 ވަނަ ދުވަހު ބޭއްވޭ ބައްދަލުވުމުގައި ދޫކުރެވޭ ކޫޕަން އެއްކޮށްލައިގެން)

            ވީމާ މި ބައްދަލުވުމުގައި ބައިވެރިވެދެއްވުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

            މިހެންވެމިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ފެބުރުވަރީ 2025
ހޯދާ