އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ވޮލީކޯޓަށް ބޭނުންވާ 08 ލައިޓު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އދ. މަންދޫ ވޮލީކޯޓަށް ބޭނުންވާ 08 ލައިޓު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)351/351/2025/6 (23 ޖަނަވަރީ 2025) އިޢުލާނާއި ގުޅިގެން ލިބިފައިވާ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށްވާތީ އެއިޢުލާނު ބާތިލްކޮށް ދެވަނަ އިޢުލާނެއް ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވާނެ ސުންގަޑި އަދި އީމެއިލް އެޑްރެސް: [email protected]

09 ފެބުރުވަރީ 2025 (އާދިއްތަ)

13:00

އަންދާސީ ހިސާބު ހުށައެޅުން:

10 ފެބުރުވަރީ 2025 (ހޯމަ)

10:30

ތަން: އދ. މަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

މި އިޢުލާނާއި ގުޅިގެން އެއްވެސް އިތުރު މަޢުލޫމާތެއް ހޯދަން ބޭނުންވާނަމަ 09 ފެބުރުވަރީ 2025 ވާ އާދިއްތަ މެންދުުރުފަހުު 13:00 ގެ ކުރިން ރަސްމީ ގަޑީގައި 6680052 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

       މިމަސައްކަތާއި ބެހޭގޮތުން އެންމެހައި ލިޔުންތައް، 04 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުން ފެށިގެން އިޢުލާނާއިއެކު، ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. ބީލަން ހުށައެޅުމާއި ކެނޑުން އޮންނާނީ އަންދާސީ ހިސާބު ހުށައަޅާ މާލަމުގައި 10 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ 10:30 ގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖްސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެއް އަންދާސީ ހިސާބެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

                     ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.

04 ފެބުރުވަރީ 2025
ހޯދާ