ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލިއޯ ޓްރޭޑިންގ އުމުރާ ދަތުރުގެ ފުރުސަތު ހުޅުވާލުން

ކުރީ އަހަރެކޭ އެއްގޮތަށް 2025 ވަނަ އަހަރުގައިވެސް ލިއޯ ޓްރޭޑިންގ ކުންފުނީގެ ޚަރަދުގައި ގއ.ނިލަންދޫ ރައްޔިތުންގެ ތެރެއިން ކޮންމެވެސް 02 ފަރާތެއް އުމުރާއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުގެ އެންމެހާ އިންތިޒާމްތަކާއި އަދި ދާނެ ފަރާތެއް ކަނޑައެޅުން ލިއޯ ޓްރޭޑިންގ އިން ވަނީ މިއިދާރާއާއި ހަވާލުކޮއްފައެވެ.

          ވީމާ، މިއަހަރު އުމްރާ ދަތުރަށް ލިއޯ ޓްރޭޑިންގ ކުންފުނީގެ އެހީގެ ދަށުން ދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަން ބަޔާންކޮށް ސިޓީއަކުން 16 ފެބްރުއަރީ 2025 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  

         އެހީގެ ދަށުން އުމްރާއަށް ދިއުމަށް ހޮވޭ ފަރާތްތަކާއެކު އެހީތެރިއެއް ނުވަތަ މަޙްރަމެއް ދާން ޖެހޭނަމަ އެކަމެއް ހަމަޖައްސާނީހޮވޭ ފަރާތުން އަމިއްލައަށް ކަމުގައި ދަންނަވަމެވެ. އަދި އުމުރާ ދަތުރަށް 02 ފަރާތަށްވުރެ ގިނަ ފަރާތްތަކުން ޢިއުލާނުގައިވާ މުއްދަތުގެ ތެރޭގައި ސިޓީ ހުށަހަޅައިފި ނަމަ، އުމްރާ ދަތުރަށް ދިއުމަށް ޝަރުތު ހަމަވާ ފަރާތްތަށް ކަނޑައަޅާނީ މިކައުންސިލުން އެކަމަށް އައްޔަންކުރެވޭ ކޮމެޓީއިން މިއިދާރާއިން އާއްމު ކޮއްފައިވާ "ޙައްޖު/ އުމުރާއަށް މީހުން ފޮނުވުމުގެ އުޞޫލް" އަށް ރިޢާޔަތްކޮށެވެ. ޝަރުތު ހަމަވާ ފަރާތްތަށް 02 މީހުންނަށްވުރެ އިތުރުވާނަމަ އުމުރާއަށް ދާނެ ފަރާތެއް ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޢިއުލާންކުރީމެވެ.

03 ފެބުރުވަރީ 2025
ހޯދާ