މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔަތުންގެ ބައްދަލުވުމުގެ ދަޢުވަތު
އިޢުލާން
ރައްޔަތުންގެ ބައްދަލުވުމުގެ ދަޢުވަތު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން، މިއަހަރުގެ ފެބްރުއަރީ މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 11 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެރޭ 20:30 ގައި މ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީ.އާރު.ސީގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.
އަދި، މިބައްދަލުވުމަށް މުލީގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތުއަރުވަމެވެ.
ޖަލްސާގެ އެޖެންޑާ:
- 2024 ވަނަ އަހަރު ހިންގުނު ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުން.
- 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓް ހިއްސާކުރުން.
- 2025 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލް ހިއްސާކުރުން.
- ކައުންސިލުން އަދި ސަރުކާރުން ރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ހިއްސާކުރުން.
- ރައްޔިތުންގެ ހިޔާލު ހޯދުން.
- ބިލެއްމީރު ކޮއްލެއްވުން.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.
03 ފެބުރުވަރީ 2025
ހޯދާ