އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. އުކުޅަހުގައި ބިނާކުރާ ކޮމިއުނިޓީ ޖިމަށް ބޭނުންވާ ބައެއް ރީބާރ ދަގަނޑު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މަސައްކަތް

އއ. އުކުޅަހުގައި ބިނާކުރާ ކޮމިއުނިޓީ ޖިމަށް ބޭނުންވާ ބައެއް ރީބާރ ދަގަނޑު ސަޕްލައި ކޮށްދިނުން

ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން

ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މަޢުލޫމާތު ކަރުދާހަށް، 11 ފެބުރުވަރީ 2025 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

 

ކައުންސިލުން  މަޢުލޫމާތު ކަރުދާހަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް ޢާންމުކޮށް އިޢުލާނުކުރެވޭނެއެވެ.

ބިޑް ހުށަހަޅަންޖެހޭ ތަން

އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއަށް  ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ.

ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑި

ތާރީޚު: 13 ފެބުރުވަރީ 2025

ގަޑި: 12:00

ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

ބިޑް ހުޅުވާ ތާރީޚު އަދި ގަޑި

ތާރީޚު: 13 ފެބުރުވަރީ 2025

ގަޑި: 12:00

ބިޑް ހުޅުވާ ތަން

ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ޙާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން ކައުންސިލްއަށް 11 ފެބުރުވަރީ 2025 ވާ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.  

ބީލަންތައް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އެ ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ ފުރިހަމަ އެޑްރެސް އޮންނަންވާނެއެވެ. އަދި އަންނަނިވި ޢިބާރާތް ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ އެޑްރެސް ޖަހާ ފުށުގެ އެންމެމަތީގައި، މެދަށްވާގޮތަށް، ފުރިހަމައަށް ލިޔެފައި އޮންނަންވާނެއެވެ.

 " އއ. އުކުޅަހުގައި ބިނާކުރާ ކޮމިއުނިޓީ ޖިމަށް ބޭނުންވާ ބައެއް ރީބާރ ދަގަނޑު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:"

 ސިޓީއުރައިގެ ބޭރުގައި، ބިޑް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ.

             ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

03 ފެބުރުވަރީ 2025
ހޯދާ