މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މިރަށު މަސްޖިދުލް އަމްރު ބުނުލްއާސްގެ އެތެރެއާއި، ބޭރު އަދި ވަށަފާރުގައި، މިއިދާރާއިންދޭމައުލޫމާތާއި އެއްގޮތަށް ކުލަލައި ދިނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

       ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ކޯޓޭޝަން ހުށައެޅުއްވުންއެދެމެވެ. ކޯޓޭޝަންގައި މިމަސައްކަތް ކޮށްދެވޭނެ އަގާއި، މަސައްކަތް ނިންމޭނެ މުއްދަތު ހިމަނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތަކާއި، މައުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ. މަސައްކަތަށް ބޭނުންވާނެ ކުލައާއި، ފިހި ކައުންސިލުން ފޯރުކޮށްދޭނެއެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

އަގަށް    80 ޕޮއިންޓް

މުއްދަތަށް  20 ޕޮއިންޓް

އަދި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 7798119 އާއި ގުޅުންވުންއެދެމެވެ.

02 ފެބުރުވަރީ 2025
ހޯދާ