މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިނެގުމުގެ ޙިދުމަތަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން

ރަށުގައި އުފެދޭކުނި މެނޭޖުކުރުމުގެ މަސައްކަތުގެ ތެރެއިން ރަށުގައި އުފެދޭކުނި ކައުންސިލްގެ  ފަރާތުން ނެގުމުގެ މަސައްކަތް ފެށުމަށް ކައުންސިލުން ބޭނުންވެއެވެ. އެގޮތުން ކުނިނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލަމެވެ.

 ވީމާ ކުނިނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ފޯމު ދޫކުރުމާ ބަލައިގަތުން ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

ފޯމު ބައިގަންނަން ފަށާ ތާރީޚު

02 ފެބްރުއަރީ 2025

ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑި

ރަސްމީ ކޮންމެ ދުވަހެއްގެ 9:00 ން 11:30

ފޯމު ދޫކުރުމާއި ބައިގަތުމަށް ހަމަޖެހިފައިވާ ތަން

މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ

ފޯމު ބަލައިގަންނަ އެންމެ ފަހު ތާރީޚާއި ގަޑި

20 ފެބްރުވަރީ 2025 11:30

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 6641015 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.

30 ޖަނަވަރީ 2025
ހޯދާ