ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެޗް.ސީ.އައި އަދި އެޗް.ސީ.އައި ކޯ ނެޓްވޯކް އަޕްގްރޭޑްކޮށް ކޮންފިގަރ ކޮށްދޭނެ ފަރާތެއް ހޯދުން

މިއޮފީހަށް ބޭނުންވާ އެޗް.ސީ.އައި އަދި އެޗް.ސީ.އައި ކޯ ނެޓްވޯކް އަޕްގްރޭޑްކޮށް ކޮންފިގަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ބީލަމުގައި ރެޖިސްޓަރީވުން: 11 ފެބުރުވަރީ 2025، 10:00 ގެ ކުރިން
  • ބީލަން ހުށަހެޅުމާއި ހުޅުވުން: 12 ފެބުރުވަރީ 2025، 10:00 އަށް
  • ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނުގެ ނަންބަރު ޖެއްސެވުމަށްފަހު، ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 2025 ފެބުރުވަރީ 12 ވަނަ ދުވަހުގެ 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކޮށްފައިވާނެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ. 

30 ރަޖަބު 1446

30 ޖަނަވަރީ 2025
ހޯދާ