ދިވެހިރާއްޖެ
އިޢުލާން
ލ. ދަނބިދޫގައި މަސްކެނޑުމަށް އަށްޓެއް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
ލ.ދަނބިދޫގައި މަސްކެނޑުމަށް އަށްޓެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް
ޝައުޤުވެރިވާ ފަރާތްތަކުން 03 ފެބްރުވަރީ 2025 ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބިޑު ރަޖިސްޓްރީ ސްލިޕް ފުރުއްވާ މިކައުންސިލުގެ އީ މެއިލް
([email protected]) އަށް ފޮނުއްވުންއެދެމެވެ. ނުވަތަ މިކައުންސިލަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. މަޢުލޫމާތު
ދިނުމުގެ ޝެޝަން އޮންނާނީ 03 ފެބްރުވަރީ 2025 ހޯމަ ދުވަހުގެ 13:00 މިއިދާރާގައެވެ.
ވީމަ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގުނޑީގެ ކުރިން ބިޑް ރަޖިސްޓްރީކޮށް
އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފްސީލު  | 
 ދުވަސް  | 
 ގަޑި  | 
 ތަން  | 
| 
 މަޢުލޫމާތު ސާފުކުރުމާއި ބިޑް ރަޖިސްޓްރީކުރުން:  | 
 03 ފެބްރުވަރީ 2025  | 
 13:00 ގައި  | 
 ލ.ދަނބިދޫ ކައުންސިލްގެ އިދާރާ  | 
| 
 އަންދާސީ ހިސާބު ހުސަހެޅުން:  | 
 09 ފެބްރުވަރީ 2025  | 
 13:00 ގައި  | 
 ލ.ދަނބިދޫ ކައުންސިލްގެ އިދާރާ  | 
ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބިޑް ރަޖިސްޓްރީ ނުކުރާފަރާތް ތަކުގެ
އަންދާސީ ހިސާބުތަކާއި އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ބިޑް ޕްރޮޕޯސަލް
ހުށަހަޅުއްވާއިރު މަޢުލޫމާތު ފުރިހަމަނުވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.އަދި ދަންނަވަމެވެ.ބީލަން
ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއަކާއި ބަދަލުގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑުގެ އަސްލު ނުވަތަ ސާފު ކޮޕީއަކާއެކު ފޮނުވުން އެދެމެވެ. ބިޑާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރެވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ
ރަސްމީ ގަޑީގައި މި އިދާރާގެ ފޯން 6800724 ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ވީމަ މިކން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
