ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަންކުރުމަށް ބިން ދޫކުރުމުގެ ޢުސޫލް އާންމުކުރުން

ޤާނޫނު ނަމްބަރ: 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުންހިންގުމުގެ ޤާނޫނު) ގެ149  ވަނަ މާއްދާއިން ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން، "ތިލަދުންމަތީ ދެކުނުބުރީ ފިނޭގައި ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ ޢުސޫލު" މި ކައުންސިލުގެ 4 ވަނަ ދައުރުގެ 156 ވަނަ އާންމު ބައްދަލުވުމުން 28 ޖެނުއަރީ 2025 ވަނަ ދުވަހު ވަނީ ފާސްކުރެވިފައެވެ. މި އުސޫލުގެ 11 ވަނަ މާއްދާގެ  (ހ)ގައިވާ ގޮތުގެމަތީން މި ކައުންސިލުންނެގުމަށް ހަމަޖެހިފައިވާ ދަނޑު ކުލީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

#

ބިމުގެ ބޮޑުމިން (އަކަފޫޓުން)

މަހަކު ދައްކަންޖެހޭ ކުލީގެ އަދަދު

1

10,000 އަކަފޫޓާއި ހަމައަށް

-/75 (ހަތްދިހަ ފަސް ރުފިޔާ)

2

10,000 އަކަފޫޓަށް ވުރެ އިތުރުވާ ކޮންމެ އަކަފޫޓަކަށް

-/0.04 (ހަތަރު ލާރި)

މި ޢުސޫލުގައިވާ ގޮތުގެ މަތިން 28 ފެބުރުވަރީ 2025 ވަނަ ދުވަހުގެ ކުރިން "ދަނޑު ބިމަށް އެދޭ ފޯމް" މެދުވެރިކޮށް ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ދެންނެވި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިވަގުތު ދަނޑު ހައްދަމުންދާ ފަރާތްތައްވެސް މިދެންނެވި ފޯމް ފުރުމަށްފަހު 28 ފެބުރުވަރީ 2025 ވަނަ ދުވަހުގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މި އިއުލާނާއެކު " ތިލަދުންމަތީ ދެކުނުބުރީ ފިނޭ ގައި ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ ޢުސޫލު" އާންމުކުރީމެވެ.         

30 ޖަނަވަރީ 2025
ހޯދާ