މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ހަލާކުވެފައިވާ ބުޅިތައް މަރާމާތުކުރުމާއި ގުޅޭ

ބަނދަރުގައި ހަލާކުވެފައިވާ ބުޅިތައް މަރާމާތުކުރުމާއި ގުޅޭ

 

ރ.ދުވާފަރު ބަނދަރުގެ އެއްގަމު ތޮށިގެ ވާ އެއްސުމަށް ހަރުކުރެވިގައިވާ ބުޅިތަކުގެ ތެރެއިން ހަލާކުވެފައިވާ ބުޅިތައް ނެއްޓުމަށްފަހު އަލުން އެތަންތަނުގައި އައުބުޅި ހަރުކުމުގެ މަސައްކަތްވަނި ބަޔަކާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހިނގަމުންދާއިރު ފަހަރެއްގައި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ކޮންމެވެސްވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެއެވެ. އަދި ހުޅަނގު ފަރާތުގައިވާ ކާނުތައް މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ބެހެއްޓުމަށް ދޫކޮށްފައިވާކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.           

                  މިފުރުސަތުގައި މިފަދަ ކަންކަމުގައި ތިޔަ ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރަމެވެ.

 

          ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.          

29 ރަޖަބު     1446 

29 ޖަނަވަރީ   2025        

29 ޖަނަވަރީ 2025
ހޯދާ