ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރ – ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢަށް ޕްރޮޖެކްޓް މެނޭޖަރެއް ޢައްޔަނު ކުރުމަށް ބޭނުންވެއެވެ.
ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީސް (ޖެފް) އިން ފަންޑުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢަކީ އިމާރާތްތައް ފަރުމާކުރުމުގައި އެނަރޖީ އެފިޝެންޓް ގޮތްތައް ހޯދުމާއި އަދި ބިލްޑިންގ ސެކްޓަރ އިން ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
ވަޒީފާގެ މަސްއޫލިއްޔަތައް އަދި އެހެނިހެން ތަފުސީލު ހިމެނޭ މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ވީމާ، މި މަޤާމަށް ޝައުޤުވެރިވާ އިންޑިވިޖުއަލް ކެންޑިޑޭޓުން "ޕްރޮޕޯޒަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.
- ވަޒީފާއަށް ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު ނުވަތަ ސީ.ވީ
- މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 13 އޮގަސްޓް 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯޒަލް" ހުށަހެޅުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ޔުނިޓު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ފޯން: 3018329
