ދިވެހިރާއްޖެ
ހދ.ފިނޭ ގައި އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބިޑް ގައި ރަޖިސްޓްރީ ކުރުމާއި މައުލޫމާތު ސާފުކުރުން ބިޑް ގައި ރަޖިސްޓަރ ވުމަށް އޮންލައިން ފޯމު މެދުވެރިކޮށް: ލިންކް: https://forms.gle/Q2s16dr7oKTRQCCw5 ތާރީޙް: 05 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ 13:00 ނިޔަލަށް
މައުލޫމާތު ސާފުކުރުން މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ އީމެއިލް އެޑްރެސް އަކީ [email protected] އެވެ. އަދި ސުންގަޑިއަކީ 04 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 12:00އެވެ.
|
ބިޑް ހުށަހެޅުން ތަން: ހދ ފިނޭ ކައުންސިލްގެ އިދާރާގައި ތާރީޙް: 10 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި |
ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބިޑް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްތްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (2024/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.