މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ހިދާޔާގެ ވުޟޫކުރާބައި މަރާމާތު ކުރުމާއި ގުޅޭ

މަސްޖިދުލްހިދާޔާގެ ވުޟޫކުރާބައިގެ އެތެރޭގައި ކުރަންހުރި މަރާމާތު މަސައްކަތްތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިއިދާރައިގެ ނަންބަރ : (IUL)317-PP/317/2025/6 ( 13 ޖަނަވަރީ 2025 ) އިޢުލާނާގުޅިގެން އެމަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިވާ އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާތިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ފެބުރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ކުރިން ބިޑްރަޖިސްޓްރީ ކުރުމަށްފަހު 09 ފެބުރުއަރީ 2025 ވާ އާދީއްތަ ދުވަހުގެ 11:15 އަށް މިކައުންސިލަށް ވަޑައިގެން ބިޑުހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު އަދި އަގު ހުށަހަޅާ ފޯމް މިއިޢުލާނާއެކު އާއްމުކުރެވިފައިވާނެއެވެ.

            ބިޑު ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް މިއިދާރާގެ ނަންބަރު 4005054 ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

29 ޖަނަވަރީ 2025
ހޯދާ