ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއެޖެންސީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މިއެޖެންސީގެ ސެކިއުރިޓީ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2015/51) (ތާރީޚު: 09 ޖުލައި 2015) އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތުން ވަޑައިގެންފައިނުވާތީ މި އެޖެންސީގެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

03 އޮގަސްޓު 2015

ހޯމަ

13:00 (މެންދުރު)

އަންދާސީހިސާބު ހުށަހެޅުއްވުން

06 އޮގަސްޓު 2015

ބުރާސްފަތި

13:00 (މެންދުރު)

09 ޝައްވާލު 1436

 

25 ޖުލައި 2015
ހޯދާ