ދިވެހިރާއްޖެ
`
މާލެއަތޮޅު ދިއްފުށީ މެޖިސްޓްރޭޓް ކޯޓު
ދިއްފުށި،ދިވެހިރާއްޖެ
ނަންބަރު: H3C-A/2025/2
އަގު ކޮމެޓީއަށް މެމްބަރުން ހޯދުމާ ގުޅޭ
މަޤާމު: |
އަގުކޮމެޓީގެ މެމްބަރު |
ދަފްތަރުގެ މުއްދަތު: |
ކޮމެޓީ އެކުލަވާލާ ދުވަހުން ފެށިގެން 03 (ތިނެއް) އަހަރު |
ބޭނުންވާ އަދަދު: |
03 (ތިނެއް) |
ކުރަންޖެހޭ މަސައްކަތް: |
މާލެއަތޮޅު ދިއްފުށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ދާއިރާގެ އެހެން ކޯޓަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން. |
އުޖޫރައާއި ޢިނާޔަތްތައް: |
މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ (ނޯޓު: އެހެން ރަށެއްގެ ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ ދިނުމުގެ އިތުރަށް ހުރުމާއި، ކެއުމާއި، ދަތުރު ޚަރަދު އެކޯޓަކުން ހަމަޖައްސައިދޭނެ.) |
އަސާސީ ޝަރުޠު: |
ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން. ދިވެހި ރައްޔިތެއް ކަމުގައިވުން. ލިޔަންކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލްވެފައިވުން. ނުވަތަ ލިޔަންކިޔަން ދަތުމާއެކު މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
މަސައްކަތް ޙަވާލުކުރުން: |
ކޯޓަށް ހުށަހެޅިފައިއޮތް މައްސަލައަކާ ގުޅިގެން، ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމެޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެމްބަރަކާ މަސައްކަތް ޙަވާލުކުރެވޭނެ. |
ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި: |
އަގުކޮމެޓީގެ މެމްބަރުކަމަށް އެދޭ ސިޓީ އައިޑީކާޑުގެ ކޮޕީ މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ނޯޓް: މިކޯޓުގެ އީމެއިލް [email protected] އަށް މެއިލްކުރައްވާ ސިޓީތައް، އެއް (P.D.F) ފައިލެއްގެ ގޮތުގައި ފޮނުވައި ދެއްވުން އެދެމެވެ.) |
ސުންގަޑި: |
2025 ފެބުރުވަރީ 13 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން |
އިތުރު މަޢުލޫމާތު: |
ގުޅޭނެ ނަންބަރު: 6640336 އީމެއިލް އެޑްރެސް: [email protected] |
26 ޖަނަވަރީ 2025