| މަޤާމް: | ޕްރިޒަން ޕްރައިވެޓް | 
| މަޤާމުގެ ޤިންތި:  | ދާއިމީ | 
| މުސާރައިގެ ރޭންކް: | ޕީ.އޯ 1 | 
| މަޤާމުގެ ކްލެސިފިކޭޝަން: | އޮޕަރޭޝަނަލް އޮފިސަރސް | 
| މުސާރަ: | މަހަކު -/6,050  ރުފިޔާ | 
| ސަރވިސް އެލަވަންސް: | -/3500 ރުފިޔާ (ހުވައި ކުރުމަށް ފަހު) | 
| ނޮން ޕްރެކްޓިސް: | -/2,722.50 ރުފިޔާ | 
| ލިވިންގ އެލަވަންސް: | -/2500 ރުފިޔާ (ހުވައި ކުރުމަށް ފަހު) | 
| ޔުނީފޯމް އެލަވަންސް: | -/300.00 ރުފިޔާ | 
| މަސައްކަތް ކުރަންޖެހޭ ތަން:       | މާފުށި ޖަލު / އައްސޭރި ޖަލު / ހުޅުމާލެ ޖަލު | 
| ފެންވަރު ނުވަތަ ޝަރުތު:                   | މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
ދިވެހި ރައްޔިތެއްކަމުގައިވުން.ސާނަވީ އިމްތިހާނަކުން މަދުވެގެން 2 މާއްދާއިން ދައްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑްރީ އިމްތިޙާނުން ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދައްވެގެން 'ސީ' ފާސް ލިބިފައިވުން؛ ނުވަތަޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލު ކޮށްފައިވުން.ޢުމުރު 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން. 
ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. | 
| މަޤާމުގެ މަސްޢޫލިއްޔަތު:   | 
ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައިވާ ގޮތަށް  ޖަލުތަކުގައި މަސައްކަތްކުރުން. | 
| މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް: | 
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން.މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ކުރެވޭ އިންޓަރވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް:  | (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ރޭޑިއޯ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.) 
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ނަކަލު.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަޑު ޖަހާފައިވާ ނަކަލު.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއްއިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީޕޮލިސް ރިޕޯޓް | 
| ސުންގަޑި:   | މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު  2025 ފެބްރުއަރީ 16 ވާ އާދިއްތަ ދުވަހު 15:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ރޭޑިއޯ ބިލްޑިންގ)ގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ. | 
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | - މިމަޤާމުގެ ފިޒިކަލް ފިޓްނަސް ޓެސްޓު އޮންނާނީ 2025 ފެބްރުއަރީ 22 އިން ފެށިގެންނެވެ. - މިމަޤާމުގެ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން ފިޒިކަލް ފިޓްނަސް ޓެސްޓައްފަހު އަންގާނެވެ. | 
| ޝޯޓް ލިސްޓްކުރުން: | 
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމްތައް ބާތިލް ވާނެއެވެ. | 
| އިތުރު މަޢުލޫމާތު | 
ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާއި އަދި އަލަށް ނަގާ އޮފިސަރުންގެ ފިޒިކަލް ފިޓްނަސް މިންގަނޑު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށާއި އީމެއިލް ލިބުނުކަން ކަށަވަރު ކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ މެސެޖް ކުރާނީ 9112451 ވައިބާ ނަންބަރައްށެވެ. ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ. | 
|   | (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ އެއް ފައިލްއަކަށް ޕީޑީއެފްކޮށްފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ. |