އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ވޮލީކޯޓަށް ބޭނުންވާ 08 ލައިޓު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި އިޢުލާންވަނީ 04 ފެބުރުވަރީ 2025 08:46 ގައި ބާތިލް ކުރެވިފައެވެ.


އދ. މަންދޫ ވޮލީކޯޓަށް ބޭނުންވާ 08 ލައިޓު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވާނެ ސުންގަޑި އަދި އީމެއިލް އެޑްރެސް: [email protected]

28 ޖަނަވަރީ 2025 (އަންގާރަ)

10:00

އަންދާސީ ހިސާބު ހުށައެޅުން:

30 ޖަނަވަރީ 2025 (ބުރާސްފަތި)

11:00

ތަން: އދ. މަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6680052 އަށެވެ.

 

       މިމަސައްކަތާއި ބެހޭގޮތުން އެންމެހައި ލިޔުންތައް، 23 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން އިޢުލާނާއިއެކު، ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. ބީލަން ހުށައެޅުމާއި ކެނޑުން އޮންނާނީ އަންދާސީ ހިސާބު ހުށައަޅާ މާލަމުގައި 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖްސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެއް އަންދާސީ ހިސާބެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

                     ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖަނަވަރީ 2025
ހޯދާ