ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސެންޓަރުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް
އިޢުލާން ނަންބަރ: (IUL)CHSE-SMT/1/2025/3
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް:
- މިސެންޓަރުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް 29 ޑިސެންބަރު 2024 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު (IUL)CHSE-SMT/1/2024/38 ގެ ބިޑްގެ އިންފޮމޭޝަންއަށް ބަދަލު އައުމާއި ގުޅިގެން ބިޑް ކެންސަލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ، އަލުން މިމަސައްކަތަށް ޝައުޤުވެރިވާ ބޭފުޅުންނަށް ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްޟީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 22 ޖަނަވަރީ 2025 ން 30 ޖަނަވަރީ 2025 ގެ ނިޔަލަށް ތިރީގައިވާ މެއިލް މެދުވެރިކޮށް ''ބިޑް ރަޖިސްޓްރީ ފޯމް'' ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް މި އިޢުލާންގަ އެޓޭޗް ކުރެވިފައިވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރެވިފަތޯ ކަށަވަރު ކުރުމަކީ ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.
- މި ބީލަމާ ގުޅޭގޮތުން ސައިޓް އިންސްޕެކްޝަން ކުރިއަށްދާނީ 02 ފެބުރުވަރީ 2025 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ހުޅުމާލެ) ގައެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 13:00ގެ ކުރިން މި އިޢުލާންގެ 09 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 10 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ހުޅުމާލެ) ގެ މީޓިންގރޫމް ގައެވެ.
- މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން
ކުރިކީލަ މަގު، ހުޅުމާލެ، ދިވެހިރާއްޖެ.
ފޯން:3319104,3319111
އީ-މެއިލް: [email protected]
22 ޖަނަވަރީ 2025
ހޯދާ