| 
 މަޤާމް : 
 | 
 ސީނިއަރ މާރކެޓިންގ މެނޭޖަރ 
 | 
 ބޭނުންވާ އަދަދު: 
 | 
 1 ( އެކެއް ) 
 | 
| 
 މުސާރައާއި އެލަވަންސް: 
 | 
- މުސާރަ: މަހަކު -/10،000 ރުފިޔާ ( ދިހަ ހާސް ރުފިޔާ)
 
- ސަރވިސް އެލަވަންސް: މަހަކު -4،500 ރުފިޔާ (ހަތަރު ހާސް ފައްސަތޭކަ ރުފިޔާ)
 
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
 
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ
 
  | 
| 
 އޮފީސް : 
 | 
 މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 
 | 
 ޔުނިޓް : 
 | 
 ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން 
 | 
| 
 ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: 
 | 
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ
 
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މާކެޓިންގ ދާއިރާގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
 
-  މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މާކެޓިންގ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
 
 | 
| 
 މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް 
 | 
- މާރކެޓިންގއާ ގުޅުންހުރި ޕްލޭންތަކާއި ޕްރޮޕޯސަލްތައް އެކުލަވާލުމާއި، އެފަދަ ޕްލޭންތައް ތަންފީޒުކުރުން
 
- ކުންފުނީގެ އާމްދަނީގެ މަގުތައް ފުޅާކޮށް، ވިޔަފާރި ކުރިއެރުވުމަށްޓަކައި ތަޢާރަފްކުރެވޭ އައު ޚިދުމަތްތަކާއި އުފެއްދުންތަކަށް ޚާއްޞަކޮށްގެން އެކުލަވާލެވޭ މާރކެޓިންގ ޕްލޭންތައް ފަރުމާކޮށް، އެ ޕްލޭންތައް އެންމެ އެދެވޭ ގޮތެއްގައި ތަންފީޒުކުރުން.
 
- ކުންފުނީގެ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ތަޢާރަފްކޮށް، އިސްތިހާރުކޮށް އަދި ޕްރޮމޯޓްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
 
 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- މާރކެޓިންގ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
 
- ކުރެވޭ އިންޓަރވިއުއިން ފާސްވުން
 
- ޕްރެޒެންޓޭޝަން ސްކިލްސްހުރުމާއެކު އިނޮވެޓިވް ސްކިލްސްހުރި ފަރާތަކަށްވުން
 
- މާރކެޓިންގއާ ގުޅުންހުރި އެކިއެކި ކަރުދާސްތައް އެކުލަވާލައި މާރކެޓިންގއާ ގުޅުންހުރި އެކިއެކި ހަރަކާތްތައް ރާވާ ހިންގުމުގު ޤާބިލްކަން ހުރުން.
 
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
 
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
 
- އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
 
- ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
 
 
  
 | 
| 
 ރަސްމީ މަސައްކަތު ގަޑި: 
 | 
- ހެނދުނު 08:00 އިން 15:00 އަށް  
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް 
 | 
- ވަޒީފާއަށްއެދޭ ފޯމް
 
- ވަނަވަރު (ސީވީ)
 
- އައިޑީ ކާޑުގެ ކޮޕީ
 
- ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
 
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  
 
 
** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. 
- ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
 
 
 | 
| 
   
 | 
 މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. 
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.  
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 
 | 
| 
 އިންޓަވިއު: 
 | 
 އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 
 | 
| 
 ވަޒީފާއަށް އެދޭނެ ގޮތް: 
 | 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
 
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555/7924894  ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
 
 
 |