މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ބަނދަރަށް މުދާ ބޭލުމާއި ބަނދަރުން މުދާ ބަރުކުރުމާއި ގުޅޭ
                                އިޢުލާން
ބަނދަރަށް މުދާ ބޭލުމާއި ބަނދަރުން މުދާ ބަރުކުރުމާއި ގުޅޭ
މިހާރަކަށް އައިސް ބަނދަރު އުޞޫލާއި ހިލާފަށް ބަނދަރަށް ބާލާ ތަކެތި 48 (ސާޅީސް އަށްގަޑިއިރު) ވާއިރުވެސް ބަނދަރުން ނުނަގާ ހުންނަކަން މިކައުންސިލަށްވަނީ ފާހަގަ ކުރެވިފައެވެ. މިކަމުގެ ސަބަބުން ބަނދަރު ބޭނުންކުރަމުންދާ ފަރާތްތަކަށް ގިނަގުނަ ދަތިތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރަމެވެ. ވީމާ މިފަދަ ނުސިޔާނުކަންކަން ނުކުރުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ. އަދި މިކަން މިގޮތަށް ކުރަމުންދާނަމަ، ބަނދަރު ބެލެހެއްޓުމާއި ބެހޭ ގަވާއިދުގެ ދަށުން 48 ގަޑިއިރަށްވުރެ އިތުރަށް ބަހައްޓާނަމަ، ބަނދަރު އުޞޫލާއި އެއްގޮތަށް ޢަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
             22 ޖަނަވަރީ 2025
            
        
                    ހޯދާ  
                
                