ދިވެހިރާއްޖެ
ރ.ދުވާފަރު އިޖްތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމަށް މީހުން ނެގުމުގެ ފުރުސަތު ހުޅުވައިލުމާއި ގުޅޭ:
ރ.ދުވާފަރު އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލީމެވެ.
ކުނިކެހުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2025 ޖަނަވަރީ 29 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ކުނިކަހަން އެދޭ ފޯމް ދުވާފަރު ކައުންސިލް އިދާރާގެ ކައުންޓަރުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 14:00 އާ ހަމަޔަށް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް:
7467103 |
7678290 |
9819105 |
7957559 |
އާލިޔާ އަޙްމަދު ވަރުދާ އިބްރާހީމް މަރްޔަމް ޢަބްދުﷲ ފާތިމަތު ޙުސެއިން
20 ރަޖަބް 1446
20 ޖަނަވަރީ 2025