ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގެއިން ކުނި ނެގުމާއި ކުނިކޮށި ބެލެހެއްޓުން

އިޢުލާން

 

ކުނި ނެގުމާއި ކުނިކޮށި ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިއިދާރާއިން ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ޚިދުމަތާއި ކުނިކޮށި ބެލެހެއްޓުމުގެ ޚިދުމަތް، ކޮންޓްރެކްޓް އުޞޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވައި ބިޑް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

26 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގައި    

ބިޑް ފޯމް ހުށަހެޅުން

27 ޖަނަވަރީ 2025  ވާ ހޯމަ  ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގައި

 

މިމަސައްކަތަށް ބިޑް ހުށަހެޅުއްވޭނީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. ބިޑު ހުށަހަޅާ ފޯމާއެކު ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއި އައިޑީކާޑް ކޮޕީ ހުށަހަޅަން ވާނެއެވެ.

20 ޖަނަވަރީ 2025
ހޯދާ