ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޝަރުޢީ މައުޛޫނުން ހޯދުމާއި ގުޅޭ.

ޝަރުޢީ މައުޛޫނުން ހޯދުމާއި ގުޅޭ.

 

މިކޯޓުގެ ޝަރުޢީ މައުޛޫނުންގެ ދަފްތަރުގައި ގިނަ ފަރާތްތަކެއް ހިމަނަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންވެފައިވާ ގޮތުގެ މަތިން އެކަމަށް އެދި މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ. މި ދަފްތަރުގައި މިހާރު ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުން ކޮންޓްރެކްޓް ހަމަނުވާނަމަ އެޕްލިކޭޝަން ހުށަހަޅުއްވާކަން ނުޖެހޭނެއެވެ.

 

އެލަވަންސް:

ޢަޤުދުކޮށްދޭ ކޮންމެ ކާވެންޏަކަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ޝަރުޢީ މައުޛޫނުންގެ ދަފްތަރުގައި ޖެހުމަށް އެދޭ ސިޓީ

-          ވަނަވަރު

-          ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

-          ޝަރުޢީ މައުޛޫނުކަމުގެ ހުއްދައިގެ ކޮޕީ

-          ރެކޯޑް ސާފުކޮށްފައިވާ "ކުށާއި ދަރަނީގެ ރެކޯޑު ބަލާ ފޯމް" (ހަމައެކަނި ކުށުގެ ރެކޯޑް) - ރެކޯޑް ބަލަންވާނީ އުމުރަށް

 

ލިޔުންތައް ހުށަހަޅަންވާ ގޮތާއި ތާރީޚް:

މިކަމަށް އެދޭ ފަރާތްތަކުން 31 ޑިސެމްބަރ 2025 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން މިކޯޓަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

16 ޖަނަވަރީ 2025
ހޯދާ