މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ ދިރާސީ އަހަރު ރެހެންދި ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

2025 ވަނަ ދިރާސީ އަހަރު ރެހެންދި ޕްރީސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމުގައި ދަންނަވަމެވެ.

އެގޮތުން ރެހެންދި ޕްރީސްކޫލަށް ދަރިވަރުން ވައްދާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށް އުމުރު ހަމަވެފައިވާ ކުދިންނެވެ.

ކްލާސް

2025 ވަނަ ދިރާސީ އަހަރު ދަރިވަރުން ވައްދާ އުމުރު

ބޭބީ ނާސަރީ

2024 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 2 އަހަރު ފުރި، 3 އަހަރު ނުފުރޭ ދަރިވަރުން

ނާސަރީ

2024 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 3 އަހަރު ފުރި، 4 އަހަރު ނުފުރޭ ދަރިވަރުން

  1. 31 ޑިސެންބަރު ގެ ފަހުން 2 އަހަރުވެފައިވާ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި ބޭބީ ނާސަރީ އަކަށް ނުވެއްދޭނެއެވެ.
  2. ބޭބީ ނާސަރީއަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެމްބަރ 31 އަށް އުމުރުން 2 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗްގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖަކަށް ދެވިދާނެއެވެ.
  3. ނާސަރީއަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެމްބަރ 31 އަށް އުމުރުން 3 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗްގެ ނިޔަލަށް 3 އަހަރު ފުރޭ ކުދިންނަށް ނާސަރީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖަކަށް ދެވިދާނެއެވެ. 

ވީމާ، 2025 ވަނަ ދިރާސީ އަހަރު ރެހެންދި ޕްރީސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކުން "ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު ރަސްމީ ގަޑީގައި މި އިދާރާއިން ލިބެން ހުންނާނެއެވެ.

14 ޖަނަވަރީ 2025
ހޯދާ