މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ގަހެއް ނީލަންކިޔުމާއި ގުޅޭ

ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ގަހެއް ނީލަންކިޔުމާއި ގުޅޭ

 

ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ގަހެއް ނީލަންކިއުމަށް ވަނީހަމަޖެހިފައެވެ. ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2025 ޖަނަވަރީ 15 މާދަމާ މެންދުރު 11:30 ގައި 18 ބުލޮކުގެ އިރުމައްޗަށްވާ ވަށާމަގުގައި އޮންނާނެވެ.

ގަސް ނީލަމުގައި ފެށޭ އަގާއި އިތުރު ކުރެވޭނެ އަގު ނީލަންކިޔާ ސަރަޙައްދަށް ދިއުމުން ނީލަން ފެށުމުގެ ކުރުން އެންގޭނެއެވެ. އަދި ނީލަމުން ގަސް ނަންގަވާ ފަރާތުން އެގަސް ކަނޑާއި ގެންދަވަން ވާނީ ފައިސާ ދެއްކެވުމަށްފަހުގައެވެ. ނީލަމުން ނަންގަވާ ގަސް 2025 ޖަނަވަރީ 20 ވާ  ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ގެންދަވަން ވާނެއެވެ. އަދި އޭގެ ފަހުން ނުގެންގޮސް ހުންނަ ތަކެތި ބޭނުނުންނެތް ތަކެތި ކަމުގައި ބަލައި ނައްތާލެވޭނެއެވެ.

 

          ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.           

14 ރަޖަބު     1446 

14 ޖަނަވަރީ   2025     

14 ޖަނަވަރީ 2025
ހޯދާ