މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ކައުންސިލް އޮފިސަރ

އިޢުލާނު 

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

____

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވޭޖް  (06 މަސްދުވަހަށް)

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ.

3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ.

4. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަހަކު 1963.50 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިހުރި އެންމެހާ މިސްކިތްތަކުގެ ކަރަންޓާއި، ފެން ވައިރިންގެ އިތުރުން ޢިމާރާތަށް ލިބޭ ގެއްލުންތައްބަލާ، އެކަންކަން ރަނގަޅުކުރުމާއި ގުޅޭ އެންމެހާ ކަންކަން ކުރުވުން.
  2. އިމާމުންނާއި މުދިމުން އަދި މިސްކިތްތަކުގެ ސަޕޯޓް ސްޓާފުން ޗުއްޓީ ނެގުމުން ބަދަލު އިންތިޒާމް ހަމަޖެއްސުމުގެ އިދާރީ މަސައްކަތްކުރުން.
  3. މިސްކިތްތަކުގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. ޢީދު ނަމާދު، ކޭތަ ނަމާދު ، ތަރާވީސް ނަމާދު ، އަދި އިސްތިސްޤާ ނަމާދު ފަދަ ޖަމާޢަތުގައި ކުރެވޭ ސުންނަތް ނަމާދުތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އެފަދަ ނަމާދުތައް އިމާމުވެ ކުރާ ފަރާތްތަކުގެ މައުލޫމާތު ރިޕޯޓް ފައިނޭންސްއަށް ފޮނުވުން.
  5. ހުކުރު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން. (ތާވަލް ހެދުން، ޚަތީބުންނަށް އެންގުން، ޚުތުބާ ހަވާލު ކުރުން)
  6. ކަށުކަމާކެމީގެ ކަންތައްތަކާއި ގުޅޭ އިދާރީ މަސައްކަތްކުރުން.
  7. ޖަނާޒާއާއި ގުޅޭ މައުލޫމާތު ރިޕޯޓް ތައްޔާރުކޮށް ފައިނޭންސްއަށް ފޮނުވުން.
  8. ކައުންސިލް އިދާރާއާއި މިސްކިތްތަކުގެ ސައުންޑްސިސްޓަމަށް ލިބޭގެއްލުންތައް މަރާމާތުކޮށް ބެލެހެއްޓުން.
  9. މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމުގެ ކަންކަން އިންތިޒާމްކޮށް ހަމަޖެއްސުން.
  10. މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި ގުޅޭ ގޮތުން ކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.
  11. ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުމާއި އެކަމަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ދިނުން.
  12. އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދިނުމާއި، އާކުރުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  13. އެއްގަމު ލައިސަންސްއާއި ގުޅިގެން ކުރަންޖެހޭ އިޢުލާންތައް ގެޒެޓްކުރުން.
  14. އެއްގަމު އުޅަނދު ތަކާބެހޭ ދަފްތަރު (އެކި ބޭނުންތަކަށް ރަޖިސްޓްރީކޮށްފައިވާ އުނދު އެނގޭ ގޮތަށް) އެކުލަވާލާ ބެލެހެއްޓުން.
  15. ޓްރާންސްޕޯރޓް ޚިދުމަތްތަކާއި ގުޅިގެން ބަލަހައްޓަންޖެހޭ ތަފާސް ހިސާބުތައް ބެލެހެއްޓުމާއި، ހަދަންޖެހޭ ރިޕޯރޓްތައް ހެދުން.
  16. އެއްގަމު އުޅަނދުފަހަރު އަލަށް ރަޖިސްޓްރީކުރުމަށާއި، ވެރިފަރާތް ބަދަލުކުރުމަށް އަދި ޒޯން ބަދަލުކުރުމަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަނެ ސިސްޓަމަށް އެންޓަރކުރުމާއި، މިކަންކަމާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  17. އެއްގަމު ވެހިކަލްގެ ރޯޑްވާރދިނަސް ހެއްދުމަށް ބޭނުންވާ އެޕްލިކޭޝަން ޗެކްކުރުމަށްފަހު ބަލައިގަތުމާއި، ސިސްޓަމްއަށް އެންޓަރ ކުރުމާއި ރޯޑްވާދިނަސް ސްޓިކަރ ހަދައިދިނުން.
  18. ރޯޑްވާރދިނަސް ހުއްދައަށް އެދޭ ގަރާޖްތައް އިންސްޕެކްޓް ކުރުމާއި، އިންސްޕެކްޝަން ރިޕޯރޓް ޓްރާންސްޕޯރޓް އޮތޯރިޓީއަށް ފޮނުވުމާއި، ހުއްދަދީފައިވާ ގަރާޖްތައް މޮނީޓަރ ކުރުން.
  19. މީގެ އިތުރުންވެސް އިދާރާގެ މަސައްކަތާގުޅިގެން އިދާރާގެ ވެރިން އަންގާ ކަންތައްތައް ކުރުން.
  20. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް  ފުރިހަމަޔަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި  އިދާރީގޮތުން ކުރަންޖެހޭއެއްމެހާކަންތައް ސެކެޓްރީ ޖަނަރަލް ނުވަތަ ސްޕަރވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތީން ކުރުން.
  21. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލް އިދާރާގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެއްމެހާކަންކަމުގައި ކައުންސިލަށާއި ސެކެޓްރީ ޖަނަރަލްއަށް ފުރިހަމަޔަށް ޖަވާބުދާރީވުން.
  22. ވަޒީފާ ބަޔާނުން ލާޒިމުކުރާ އެއްމެހާކަންތައްތައް ތަރައްޤީކޮށް ރޭވުމާއި ،ހިންގުމާއި، ބެލެހެއްޓުން.
  23. ދުވަހުމަސައްކަތުގެ ކުރުހުލާސާއެއް ޔައުމިއްޔާގައި ލިއުމަށް ޔައުމިއްޔާ ލިޔާފަރާތާއި ޙަވާލުކުރުން.
  24. މުއައްޟަފުގެ މަސައްކަތުގެދާއިރާއިން އަންނަ ޓީމުތަކުގެ އެއްމެހާކަންތައް ބެލެހެއްޓުން.
  25. ވަޒީފާބަޔާނުން ލާޒިމުކުރާކަންތައްތަކައި ގުޅިގެންލިބޭ މެސެޖް، ސިޓީ ފަދަ ލިޔުންތަކަށްސެކުޝަނުގެވެރިޔާގެ މަޝްވަރާގެމަތިން ޖަވާބު ދިނުމާއި އަޅަންޖެހޭ ފިޔަވަޅުތައް ޤަވާޢިދުން އަޅަމުން ގެންދިއުން.  
  26. ވަޒީފާބަޔާނުން ލާޒިމުކުރާކަންތައްތަކައި ގުޅިގެން  ޢާއްމުކޮށް ރައްޔިތުންނަށް އަންގަންޖެހޭ ކަންތައްތައް އެންގުން.
  27. ވަކި މުވައްޒަފަކާއި ޙަވާލުކޮށްފައިނުވާ ، ރަށުކައުންސިލުން ދޭންޖެހޭނެކަމަށް ގާނޫނަކުންކަޑައަޅާ ޚިދުމަތްތައް ކައުންސިލުން ކަޑައަޅާ އުޞޫލެއްގެމަތިން ދިނުން.
  28. ކަނޑައެޅިފައިވާ ޝެޑިއުލާއި އެއްގޮތަށް ކައުންސިލްގެ އިދާރާ ހުޅުވާ ލެއްޕުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމްގެ ތަޢުލީމާ ރޮނގުތައް:

  • އެކައުންޓިންގ   
  • އެޑްމިނިސްޓްރޭޝަން   
  • އެގްރިކަލްޗަރަލް ސައިންސް   
  • އެންތްރޯޕޮލޮޖީ   
  • އާކިޓެކްޗަރ   
  • ބިޒްނަސް   
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • ސިވިލް އިންޖިނިއަރިންގ   
  • ކޮމާސް   
  • ކޮމިޔުނިޓީ ޑިވެލޮޕްމަންޓް   
  • ކޮމްޕިއުޓަރ ސައިންސް   
  • ކައުންސިލް އެޑްމިނިސްޓްރޭޝަން   
  • ކަލްޗަރ އެންޑް ހެރިޓޭޖް   
  • ޑިމޮގްރަފީ   
  • ޑިވެލޮޕްމަންޓް ސްޓަޑީޒް   
  • އިކޮނޮމިކްސް   
  • އެޑިއުކޭޝަން   
  • އެންވަޔަރަންމެންޓަލް ސައިންސް   
  • ފައިނޭންސް   
  • ގަވަރނަންސް   
  • ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް   
  • ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް   
  • ހިއުމަން ރިސޯސް   
  • އިންފޮމޭޝަން ޓެކްނޮލޮޖީ   
  • އިންޓަނޭޝަނަލް ރިލޭޝަންސް   
  • ލޯ   
  • ލީޑަރޝިޕް   
  • ލައިބްރަރީ ސައިންސް   
  • ލޯކަލް ގަވަރނަންސް   
  • މެނޭޖްމަންޓް   
  • މެރިން ސައިންސް   
  • މާކެޓިންގ   
  • އޮފީސް އެޑްމިނިސްޓްރޭޝަން   
  • ޕޮލިސީ ސްޓަޑިޒް   
  • ޕޮލިޓިކަލް ސައިންސް   
  • ޕްރޮޖެކްޓު މެނޭޖުމަންޓު   
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން   
  • ޕަބްލިކް މޭނޭޖްމަންޓް   
  • ޕަބްލިކް ޕޮލިސީ   
  • ޕަބްލިކް ރިލޭޝަންސް   
  • ޝަރީޢާ އެންޑް ލޯ   
  • ސޯޝަލް ސައިންސް
  • ސޯޝަލް ވޯރކް   
  • ސޯޝިއޮލޮޖީ   
  • ސްޕޯޓްސް މެނޭޖްމަންޓް   
  • ސްޓެޓިސްޓިކްސް   
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ   
  • ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް   
  • އަރބަން ޕްލޭނިންގ   
  • އާބަން ސްޓަޑީޒް

މަޤާމްގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. އަސާސީ ޝަރުތުހަމަވުން – (%30)

2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު – (% 05)

3. ކޯ ނުވަތަ ޕްރިޕަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް – (% 05)

4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ – (% 05)

5. އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) – (% 20)

6. އިންޓަރވިއު – (% 35)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޖެނުއަރީ 2025 ގެ 14:00 ގެ ކުރިން، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވާއިރު އެޕްލިކޭޝަން ފޯމާއިއެކުހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، އީމެއިލްކުރެއްވުމަށް ދަންނަވަމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ، 22 ޖެނުއަރީ 2025 އާއި 31 ޖެނުއަރީ 2025 އާ ދެމެދު، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640996 ނުވަތަ 6645377 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

13 ޖަނަވަރީ 2025
ހޯދާ