ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްގަހުގެ ދަފްތަރު އެކުލަވާލުމާއިގުޅޭ

ވަންދޫ ރައްޔިތުންގެ ރުއްގަހުގެ ދަފްތަރު އެކުލަވާލުމަށް ވަންދޫގެ އެކިސަރަހައްދުތަކުގައި C އަދި ހިސާބު އަދަދު ހިމެނޭގޮތައް މިކައުންސިލްގެ ފަރާތުންވާނީ ރުއްގަހުގައި ރަތްކުލައިން ނަންބަރު ޖެހިފައެވެ. އަދި ނަންބަރު ޖެހިފައިވާ ގޮތުގެ ލިސްޓް މިއިޢުލާނާއިއެކު އާއްމުކުރެވިފައިވާނޭ ކަމުގައި ދެންނެވީމެވެ. ވީމާ، މިއިޢުލާނާއިއެކު އާއްމުކުރެވިފައިވާ ލިސްޓުގައިވާ ރުއް ނުވަތަ ގަހެއްގެ ވެރިއެއް ކަމުގައި ދައުވާކުރާ ފަރާތެއްވާނަމަ [ރައްޔިތުންގެ ރުއްގަހުގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު] 22 ޖަނަވަރީ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. [ރައްޔިތުންގެ ރުއްގަހުގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު] މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. 
                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 6780041 ފޯނާގުޅުއްވުންއެދެމެވެ. 
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
 
13 ޖަނަވަރީ 2025
ހޯދާ