މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ށ.ފޭދޫގެ މިސްކިތްތަކުގެ އޭސީ ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.
ކުރަންޖެހޭ މަސައްކަތް:
- މިރަށުގެ ދެމިސްކިތުގައި ހުރި 24,000 ބީޓީޔޫގެ 14 އޭސީ ( އިންޑޯރ އަދި އައުޓުޑޯރ ޔުނިޓް) ފުލް ސާރވިސްކުރަންވާނެއެވެ. އޭސީ ސަރވިސް ކުރާއިރު ގޭސް އަޅަންޖެހޭކަން ފާހަގަ ކުރެވިއްޖެނަމަ ގޭސް އަޅަންވާނެއެވެ. އަދި މީގެ އިތުރުން އޭސީތަކުން އިތުރު މައްސަލައެއް ފާހަގަވެއްޖެނަމަ އެމައްސަލަ ހައްލު ކުރަންވާނެއެވެ.
- ނަމާދުގެ ވަގުތުތަކުގައި މިސްކިތުގައި އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.
- މަސައްކަތް ނިމޭއިރު ތަންހުންނަން ވާނީ މަސައްކަތް ކުރަން ބޭނުންކުރި ތަކެތިނަގާ ރީތިކޮށް ސާފުކުރެވިފައެވެ.
ވީމާ، މިމަސައްކަތައް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 16 ޖަނަވަރީ 2025 ވާ ދުވަހުގެ 11:00 އަށް މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ، ފިނިވާމަގު/ށ.ފޭދޫ އަށް ވަޑައިގެން މަސައްކަތްކޮށްދެވޭނެ އަގަކާއި މުއްދަތު ބަޔާންކޮށް ކޯޓޭޝަނެއް ހުށައެޅުއްވުން އެދެމެއް.
މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ފޭދޫ ކައުންސިލްގެ އިދާރާ |
ފޯނުނަމްބަރ. |
ވެބްސައިޓް |
އީމެއިލް |
6540045 |
www.feydhoo.gov.mv |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޖަނަވަރީ 2025
ހޯދާ