ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު 2013/10 (އާބިޓްރޭޝަނުގެ ޤާނޫނު) ގެ 80 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ އިދާރީ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީ.އީ.އޯ) ގެ މަޤާމަށް މުވައްޒަފެއް ބޭނުންވެގެން ކުރެވުނު (IUL)479-HR/479/2024/11 (09 ޖުލައި 2024) ނަންބަރު ޢިއުލާނު ބާތިލުކޮށް، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައި އާންމުކޮށް އިޢުލާންކުރަމެވެ.
| ބޭނުންވާ ޢަދަދު: | 1 (އެކެއް) 
 | 
| މަޤާމުގެ މުއްދަތު: | 5 (ފަހެއް) އަހަރު 
 | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު / މާލެ 
 | 
| މުސާރަ: | 20,500.00 (ވިހިހާސް ފައްސަތޭކަ) ރުފިޔާ 
 | 
| އެހެނިހެން އެލަވަންސް: | 
 
 | 
| މަސްއޫލިއްޔަތާއި ޒިންމާތައް: 
 | 
 
 
 
 
 
 
 
 
 
 | 
| މަޤާމުގެ ޝަރުތު: 
 | 
 
 
 
 | 
| މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާތައް: | 
 
 
 | 
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މި ސެންޓަރުގެ އީމެއިލް [email protected] އެޑްރެހަށެވެ. އީމެއިލްކުރައްވާ ޑޮކިއުމަންޓްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓުގައި ފޮނުވާ ޑޮކިއުމަންޓްތައް އެކަނި ކަމުގައި ދަންނަވަމެވެ. 
 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ޑޮކިއުމަންޓްތައް ބަލައިގަނެވޭނެއެވެ. 
 | 
| ހުށަހަޅަންޖެހޭ ލިޔުންތަން: | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
 | 
| ޝޯޓްލިސްޓް ކުރުން: | މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި، މި ސެންޓަރުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. 
 | 
| އިތުރު މަޢުލޫމާތު: | 
 
 | 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3300920 އަށެވެ. އީމެއިލް ކުރާނީ[email protected] އަށެވެ.
12 ރަޖަބު 1446
 
                    