މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޫލްގެ ދަށުން މިސްކިތުގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދުމާއި ގުޅޭ

މިރަށު މަސްޖިދުލް ތަޢާވުންގެ އިމާމު ޗުއްޓީއާއި ސަލާމުގައި ހުންނަ ދުވަސްތަކުގައި ދުވަހު މުސާރައަށް (ވޭޖު އުސޫލުން) އެ މަޤާމުގައި މަސައްކަތްކުރުމަށް، 2025 ވަނަ އަހަރަށް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތާއި ގުޅިގެން އެއްވެސް ފަރާތަކުން މި ޕޫލްގައި ރަޖިސްޓްރީވެފައިނުވާތީ އަލުން ވަގުތީ އިމާމްގެ ޕޫލުގައި ރަޖިސްޓްރީވުމަށް  ފުރުސަތު ހުޅުވާލަމެވެ.

ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 15 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރަށް ހުށަހެޅުއްވުން އެދެމެވެ. އިމާމުކަމަށް އެދި ހުށަހަޅާ ފަރާތްތަކުން އައިޑީ ކާޑުގެ ކޮޕީ އަދި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކިހާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

ވޭޖް ޕޫލް މަޤާމްތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް

#

މަޤާމް

ރޭންކް

މަސައްކަތްކުރާ ގަޑިއިރަކަށްވާ އުޖޫރަ

1

އިމާމް (ސަނަދު އޮތް)

GS3

61.00 ރުފިޔާ

2

އިމާމް (ސަނަދު ނެތް)

GS1

53.00 ރުފިޔާ

09 ޖަނަވަރީ 2025
ހޯދާ