ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ތިނަދޫ ގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަބިން އަމިއްލަ ކުރުމަށް އަގު ކަނޑައެޅުން.

ޤަވައިދު ނަންބަރު: R-181/2022 ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމައިބެހޭ ޤަވައިގެ (9) ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާގޮތުން އަމިއްލަ ކުރުމުގެ އަގު ކަނޑައަޅާނީ އެރަށެއްގެ ކައުންސިލުންކަމަށާއި، އަދި އަގު ކަނޑައެޅުމުގައި އެމާއްދާގެ (ބ) ގައިވާ ކަންކަމަށް ރިޢާޔަތް ކުރަންވާނެކަމަށް ވަނީ ބަޔާން ކޮށްފައެވެ.މިގޮތުން ވ.ތިނަދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަބިން އަމިއްލަ ކުރުމަށް 18 ޑިސެންބަރ 2024 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 26 ވަނަ އާއްމު ޖަލްސާއިން އަމިއްލަ ކުރުމުގެ އަގުގެ ގޮތުގައި ދައްކަން ޖެހޭނީ ބިން ނުވަތަ ގޯތިން އަކަފޫޓަކަށް 25 ރ (ފަންސަވީސް ރުފިޔާ /- ) ކަމުގައި ކަނޑައަޅައި ފާސްކޮށްފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައިން ދަންނަވަމެވެ. 

 

09 ޖަނަވަރީ 2025
ހޯދާ