ދިވެހިރާއްޖެ
މިރަށު އިޖުތިމާޢީ ޞަރަޙައްދުތަކާއި، އަވަށްބޭރު މަގުތައް، 2025ވަނަ އަހަރު ކުނިކަހައި ސާފުކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު: (IUL)373-PP/INDIV/2024/58(17 ޑިސެމްބަރ 2024) އިޢުލާނާއި ގުޅިގެން ހުށަހެޅި ފޯމުތަކުގައި އެއްވެސްފަރާތަކުން ފުރިހަމައަށް ސާފުވާގޮތަށް އަގުތަށް ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2025 ޖަނަވަރީ 12ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ކުރައްވަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ 2025 ޖަނަވަރީ 14 ވާ އަންގާރަ ދުވަހުގެ 13:00ގައި މި އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ކޮމްޕެނީ، ކުލަބު ޖަމުއިއްޔާ، ކޮމެޓީތަކުގެ ނަމުގައި ބީލަން ހުށަހަޅާނަމަ، ބީލަން ހުށަހަޅަން ވަޑައިގަންވާއިރު، އެފަރާތުގެ ރަސްމީ ސިޓީއެއް ގެންނަން ޖެހޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަން ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ބީލަން ހުށަހަޅާ ފޯމްގައެވެ. ފޯމެއްގެ އަގަކީ -/100ރ (ސަތޭކަ ރުފިޔާ)އެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.