އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދުވާރު މަތީގައި މަގު ހިނގާ މީހުންނަށް އުނދަގޫވާނެހެން ތަކެއްޗާއި ވެހިކަލް ބެހެއްޓުމާއި ދުވާރު މަތި ހަޑިވާގޮތަށް މަސައްކަތް ނުކުރުމާ ގުޅޭ:
މި ރަށުގެ މަގުތަކުގެ ދުވާރު މަތީގައި މަގު ހިނގާ މީހުންނަށް އުނދަގޫވާނެހެން ތަކެތި ބެހެއްޓުމާއި، ވެހިކަލް ޕާކުކުރުމާއި، ދުވާރު މަތި ހަޑިވާގޮތަށް މަސައްކަތް ކުރަމުންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވާތީ، އާންމު ރައްޔިތުންގެ ސަމާލުކަމަށް އަންނަނިވި ކަންކަން ގެނެސްދެމެވެ.
- ދުވާރު މަތީގައި ކައުންސިލްގެ ހުއްދަ ނެތި އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެކެވެ.
- ދުވާރު މަތީގައި ވެހިކަލް ދުއްވުމާއި ޕާކުކުރުމަކީ މަނާކަމެކެވެ.
- ދުވާރު މަތީގައި ހޮޅި ޖައްސާއިރު، ދުވާރު ހަލާކުވިޔަ ނުދިނުމަށްޓަކައި، ހޮޅީގެ ދަށަށް އެއްޗެއް ލައްވައިގެން މެނުވީ ހޮޅި ޖެއްސުން މަނާކަމުގައި ދަންނަވަމެވެ.
- ދުވާރު މަތީގައި ސަތަރި ފަދަ އެއްޗެއް ނާޅައި ސިމެންތި ޖެހުމާއި ކުލަލުން ފަދަ މަސައްކަތްތައް ކުރުމަކީ ދުވާރު ހަޑިވެ ހަލާކުވުމަށް މަގުފަހިވާ ކަމަކަށްވާތީ، ދުވާރު މަތީގައި އެއްޗެއް ނާޅާ މިފަދަ މަސައްކަތްތައް ނުކުރުމަށް ދަންނަވަމެވެ.
ވީމާ، މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަން ދެއްވައި، ދުވާރު މަތި ސާފުތާހިރުކޮށް ބޭނުންކުރެވޭނެ ގޮތަށް ބެހެއްޓުމަށް އެންމެހައި ރައްޔިތުންގެ އަރިހުން އެދި ދެންނެވީމެވެ.
06 ޖަނަވަރީ 2025
ހޯދާ