| މަޤާމު: މެނޭޖަރ ލީގަލް އެންޑް ރެގިއުލޭޓަރީ އެފެއާޒް | 
| މުސާރަ އާއި އެލަވަންސް | މަހަކު -/17،500 ރުފިޔާ | 
| މަޤާމުގެ ރޭންކް | EX4 | ބޭނުންވާ އަދަދު | 01 | 
| މަސައްކަތް ކުރަންޖެހޭތަން | ޕަބްލިކް ސަރވިސް މީޑިއާ | ޑިޕާޓްމަންޓް | ލީގަލް އެންޑް ރެގިއުލޭޓަރީ އެފެއަރސް | 
| މަޤާމުގެ ޝަރުޠު: | މަޤާމުގެ މަސްއޫލިއްޔަތު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3(ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
ކުންފުނީގެ އެންމެހާ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުގެ އޮނިގަނޑުގެ ތެރޭގައި ހިފަހައްޓައި ދެމެހެއްޓުމަށް ބޭނުންވާ ލަފަ އާއި އިރުޝާދު ދިނުމާއި މި މަޤުޞަދަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް އިސްނެގުމާއި ވިލަރެސްކުރުން؛ކުންފުނީގެ ފަރާތުން ކުރަންޖެހޭ ދަޢުވާތައް ކުރުމާއި ދަޢުވާ ލިބިގަތުމާއި ކުންފުނީގެ ފަރާތުން ވަކާލާތުކުރަން ޙަވާލުކުރެވޭ ކަންކަމުގައި ކޯޓްތަކުގައި ވަކާލާތުކުރުން؛ކުންފުނީގެ ޗެނަލްތަކުން ފަތުރާ ކޮންޓެންޓާ ގުޅޭގޮތުން ޤާނޫނީ ލަފާ ބޭނުންވާ ޙާލަތުގައި އެކަންކަމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުން؛ޤާނޫނޫ ނަންބަރު: 2015/9 (ޕަބްލިކް ސާވިސް މީޑިއާ ޤާނޫނު) ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނީ ލަފައާއި އިރުޝާދު، ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް ދިނުންކުންފުނީގެ މުވައްޒަފުން އެމީހުންގެ ވަޒީފާގެ މަސައްކަތުގައި ޢަމަލުކުރަންޖެހޭ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމަށް ބޭނުންވާ އެހީތެރިކަން ދިނުން؛ކުންފުނިން އެކި ފަރާތްތަކާ ދެމެދު ކުރިމަތިވާ މައްސަލަތަކުގައި ޢާންމު ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ޙާލަތުތަކާއި މީޑިއާގެ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ޚާއްޞަ ކަންތައްތަކުގައި އެކަމެއް ކުރާ، ކުންފުނީގެ ފަރާތްތަކަށް ޤާނޫނީގޮތުން ބޭނުންވާ އެހީތެރިކަން ދިނުން؛ކުންފުނީގެ ސިޔާސަތުތައް އެކަށައެޅުމާއި ތަންފީޒުކުރުމުގައި ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓަށް ބޭނުންވާ ޤާނޫނީ ލަފާދިނުން. | 
| މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު | މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ. | 
| ސުންގަޑި   | މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 23 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ. | 
| އިތުރު މަޢުލޫމާތު: | މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ. |