ދިވެހިރާއްޖެ
ވަނަ އަހަރުގެ ރަމަޟާންމަހު ހއ.ތަކަންދޫ "މަސްޖިދުއް ޝަހީދުއަލީ ތަކުރުފާން" މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ބޭނުންވެއެވެ.
ވީމާ، ޙާފިޡަކު ހޯދައިދޭން އެދޭ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތާއިއެކު، 2025 ޖެނުއަރީ 12 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، ޙާފިޡު ހއ.ތަކަންދޫއާއި ހަމައަށް ގެނައުމާއި އަނބުރާ ގެންދިއުމުގެ ތަފްސީލީ އަގުބަޔާންކުރާ ކޯޓޭޝަން، މި އިދާރައިގެ [email protected] މެއިލަށް ފޮނުވައި ދެއްވުން އެދެމެވެ. (މީގެ ތެރޭގައި ރާއްޖެއިން ބޭރު ޙާފިޡުގެ ވިސާއާއި، މުސާރަ/އެލަވަސްއާއި، އެޙާފިޡެއްގެ ޤައުމުގެ ތެރޭގައި ކުރަންޖެހޭ ދަތުރުތާއި، ދެކޮޅު އެއަރ ޓިކެޓްފަދަ އެންމެހާ ޚަރަދުތައް ހިމެނެއެވެ.)
- މި އިދާރާއިން ހަމަޖައްސައިދޭނެ ކަންކަން ނުވަތަ ފޯރުކޮށްދޭނެ ޚިދުމަތް؛
- ރާއްޖެއިން ބޭރުގެ ޙާފިޡަކުނަމަ ހުރުމާއި ކެއުން.
- ޙާފިޡު ފޮނުވައިދޭ ފަރާތުން ހަމަޖައްސައިދޭންޖެހޭނެ ކަންކަން؛
- ރާއްޖެއިން ބޭރުގެ ޙާފިޡަކުނަމަ، ރާއްޖެގެނައިސް ރަށާއި ހަމައަށް ފޮނުވައި ދިނުން.
- ރާއްޖެއިން ބޭރުގެ ޙާފިޡަކުނަމަ، ރަމަޝާންމަސް ނިމުމުން ހާފިޡު މާލެ ގެންގޮސް ފުރުވާލުމުގެ އެންމެހާ ކަންކަން.
އިތުރު މަޢުލޫމާތު ހޯދަން އެދޭފަރާތްތަކުން ރަސްމީގަޑީގައި 6500034 ނަންބަރަށް ގުޅުއްވުން އެދެމެވެ.