ދިވެހިރާއްޖެ
ހދ.ފިނޭއިޖުތިމާއީ ސަރަހައްދު ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކޮށްފައިވާ IUL/259/2024/86 ނަމްބަރު އިއުލާނާއެކު ދީފައިވާ މައުލޫމާތު ޝީޓް އިސްލާހްކުރުމަށް ބޭނުންވާތީވެ އެ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައެޅުމަށްފަހު އެ އަންދާސީ ހިސާބު އަނބުރާ ނެގުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
ބިޑްގައި ރަޖިސްޓަރ ވުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވުން އެދެމެވެ.
ލިންކް: https://forms.gle/WJ2zzf1UJ2oqZW3N9
ގަޑި |
ތާރީޙް |
ތަފްސީލް |
11:00 |
07 ޖެނުއަރީ 2025 - އަންގާރަ |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
11:00 |
07 ޖެނުއަރީ 2025 - އަންގާރަ |
ސުވާލު ފޮނުވުމުގެ ސުންގަޑި އީމެއިލް: [email protected] |
11:00 |
09 ޖެނުއަރީ 2025 - ބުރާސްފަތި |
ބީލަންތައް ހުޅުވުން |
ތަން: ހދ ފިނޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް |
||
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6520027 ނުވަތަ 6528117 އަށެވެ. |
ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި މި ބީލަމުގައި ރަޖިސްޓަރ ކޮށްފައިވާ ފަރާތްކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ.
މި މަސައްކަތާއި ބެހޭ މައުލޫމާތު ކަރުދާހެއް މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.