ދިވެހިރާއްޖެ
ސްކޫލްގެ ކެމިކަލް ލެބް މަރާމާތުކުރުމުގެ މަސައްކަތް
ސްކޫލްގެ ކެމިކަލް ލެބް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 31 ޑިސެންބަރު 2024 ން 8 ޖަނަވަރީ 2025 ގެ 13:00 ގެ ނިޔަލަށް ތިރީގައި މިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.gle/aAYKBaXkfu5GKyXd8
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 8 ޖަނަވަރީ 2025 ވަނަ ދުވަހުގެކުރިން ރަސްމީގެ ގަޑީގެ ތެރޭގައި މި އިޢުލާމުގައި ދެވިފައިވާ ފޯނު ނަންބަރު (3330633) އަށް ގުޅުއްވާ ނުވަތަ އީމެއިލް ([email protected])
މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 16 ޖަނަވަރީ 2025 ވަނަ ދުވަހުގެ 11:00 ގައި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން - މާލޭގައެވެ.
މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް އޮޅުންފިލުއްވަން ބޭނުންވެލައްވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ރަސްމީ ގަޑީގެ ތެރެއިން ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން - މާލޭ
ލިލީ މަގު، މާލެ، ދިވެހި ރާއްޖެ
ފޯން: 3330633
އީމެއިލް: [email protected]
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.