މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
މި މިނިސްޓްރީގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ބިންތަކުގައި ހުރި، އަމިއްލަ ފަރާތްތަކުގެ ތަކެތި ނެގުމާގުޅޭ

                          އިޢުލާން

މި މިނިސްޓްރީގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ބިންތަކުގައި ހުރި، އަމިއްލަ ފަރާތްތަކުގެ ތަކެތި ނެގުމާގުޅޭ

       މި މިނިސްޓްރީގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ބިންތަކުގައި ބަހައްޓާފައި ހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނެގުމަށް ދަންނަވަމެވެ. އަދި މި މުއްދަތު ފާއިތުވުމަށްފަހު ނުނަގާހުރި ތަކެތި، ކަމާބެހޭ ފަރާތްތަކުގެ އެހީގައި ނަގައި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. މިގޮތަށް ޢަމަލުކުރުމުން، ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ މި މިނިސްޓްރީއިން ނުނަގާނެ ވާހަކަވެސް ދަންނަވަމެވެ.

       މި މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މި މިނިސްޓްރީގެ އެއްވެސް ބިމެއްގައި އަމިއްލަ ފަރާތްތަކުގެ ތަކެތި ނުބެހެއްޓުމަށް ދަންނަވަމެވެ.

30 ޑިސެންބަރު 2024
ހޯދާ