ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާންމަހު އދ. ހަންޏާމީދޫ "މަސްޖިދުއްނަޞްރު" މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ދިވެހި ނުވަތަ ބޭރުގެ ޙާފިޡަކު ބޭނުންވެއެވެ.
ވީމާ، ޙާފިޡަކު ފޮނުވައިދޭން އެދޭ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތާއިއެކު، 2025 ޖެނުއަރީ 09 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ޙާފިޡު އދ. ހަންޏާމީދޫއާއި ހަމައަށް ފޮނުވައިދޭނެ އަގުބަޔާންކުރާ ކޯޓޭޝަން، މި އިދާރައިގެ [email protected] މެއިލަށް ފޮނުވައި ދެއްވުން އެދެމެވެ. (މީގެ ތެރޭގައި ރާއްޖެއިން ބޭރު ޙާފިޡުގެ ވިސާއާއި، މުސާރަ/އެލަވަސްއާއި، އެޙާފިޡެއްގެ ޤައުމުގެ ތެރޭގައި ކުރަންޖެހޭ ދަތުރުތާއި، ދެކޮޅު އެއަރ ޓިކެޓްފަދަ އެންމެހާ ޚަރަދުތައް ހިމެނެއެވެ.)
- މި އިދާރާއިން ހަމަޖައްސައިދޭނެ ކަންކަން ނުވަތަ ފޯރުކޮށްދޭނެ ޚިދުމަތް؛
- ރާއްޖޭގެ ޙާފިޡަކުނަމަ، ހުރުމާއި ކެއުން އަދި ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާ ކޮންމެ ރެއަކަށް -/500ރުފިޔާގެ އެލަވަންސް.
- ރާއްޖޭގެ ޙާފިޡަކުނަމަ، މާލެއިން ރަށަށް އައުމާއި އެބުރި މާލެދިއުމުގެ، ކަނޑުމަގުން ސްޕީޓް ލޯންޗްގެ ދެކޮޅު ޓިކެޓް.
- ރާއްޖެއިން ބޭރުގެ ޙާފިޡަކުނަމަ ހުރުމާއި ކެއުން.
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހޯދަންޖެހޭ ހުއްދަ.
- ޙާފިޡު ފޮނުވައިދޭ ފަރާތުން ހަމަޖައްސައިދޭންޖެހޭނެ ކަންކަން؛
- ރާއްޖޭގެ ޙާފިޡަކުނަމަ، ރަށާއި ހަމައަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް.
- ރާއްޖެއިން ބޭރުގެ ޙާފިޡަކުނަމަ، ރާއްޖެގެނައިސް ރަށާއި ހަމައަށް ފޮނުވައި ދިނުން.
- ރާއްޖެއިން ބޭރުގެ ޙާފިޡަކުނަމަ، ރަމަޝާންމަސް ނިމުމުން ހާފިޡު މާލެ ގެންހޮސް ފުރުވާލުމުގެ އެންމެހާ ކަންކަން.
- ހުށަހަޅަންޖެހޭ ލިޔެކިޔުން؛
- ރާއްޖޭގެ ޙާފިޡަކުނަމަ، ޙާފިޡުކަމުގެ ސެޓްފިކެޓާއި އައި.ޑީ.ކާޑުގެ ދެފުށުގެ ސާފުގެ ސާފު ކޮޕީ.
- ރާއްޖޭގެ ޙާފިޡަކުނަމަ، ހާފިޡުގެ ވަނަވަރު.
- ރާއްޖެއިން ބޭރުގެ ޙާފިޡަކުނަމަ، ހާފިޡު ރާއްޖެ ގެނައުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ހުއްދަ ހޯދުމަށްޓަކައި ބޭނުންވާނެ، ޙާފިޡުގެ އެންމެހާ ލިޔެކިޔުންތައް.
އިތުރު މަޢުލޫމާތު ހޯދަން އެދޭފަރާތްތަކުން ރަސްމީގަޑީގައި 6680056 ނުވަތަ 6680633 ނަންބަރަށް ގުޅުއްވުން އެދެމެވެ.