ދިވެހިރާއްޖެ
އިޢުލާން
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:
މި ސޮސައިޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު POLCO(IUL)2024/23 އިޢުލާނަށް އެކަށީގެންވާ ވަރަށް ޕްރޮޕޯޒަލް ހުށަހަޅާފައި ނުވުމުން، ބަޔާންކުރެވުނު އިއުލާން ބާތިލްކޮށް އަލުން މި ފުރުސަތު ހުޅުވާލަމެވެ.
އެހެންކަމުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ޑިސެމްބަރު 31 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ސޮސައިޓީއަށް ސިޓީ އަދި ޕްރޮޕޯޒަލް ހުށަހަޅެއްވުން އެދެމެވެ. އަދި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ނަންބަރ 3345053 އަށް ގުޅުއްވުމަށް ދެންނެވީމެވެ. ސިޓީ އަދި ޕްރޮޕޯޒަލް އީމެއިލް ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުމަށް އެދެމެވެ.
