ދިވެހިރާއްޖެ
މަގާމު: |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަގާމުގެ ނަންބަރު: |
J-382413 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަގާމުގެ ގިންތި: |
ދާއިމީ |
މަގާމުގެ ރޭންކް: |
އެމް. އެސް. 2 |
މަގާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަންޖެހޭތަން: |
ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން/ދިފާޢީ ވުޒާރާ، ހުޅުލެ |
މުސާރަ: |
މަހަކު 6,295.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 2,000.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 2- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 4- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ 5- ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700.00 ރުފިޔާ |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މައިގަނޑު މަސައްކަތް 1- ފައިލަށް ދޫކުރާ ލިޔުންތައް ބެލެހެއްޓުން. (ހ) ފައިލްކުރުން (ށ) ފައިލުން ލިޔެކިއުންތައް ދޫކުރުން (ހަމަޖެހިފައިވާ އުސޫލުން ލިޔުންތައް ދޫކުރުމާއި، އެތަކެތި އަބުރާ ފައިލްކުރުން) (ނ) ލިޔެކިއުންތައް ރައްކާކޮށްފައިވާ ތަންތަނުގައިވާ ފައިލްތައް ޗެކްކޮށް ބެލެހެއްޓުން. 2- މުވައްޒަފުންގެ ހާޒިރީއާގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު އެފަރާތްތަކަށް ފޮނުވުން. 3- ސެކްޝަނުން ލިޔަންޖެހޭ މެމޯ/ސިޓީ/ނޯޓް ފަދަ ލިޔުންތައް ލިޔުމާއި، ޖެމްސް މެދުވެރިކޮށް ފޮނުވަންޖެހޭ ލިޔެ ކިއުންތައް އެފަރާތްތަކަށް ފޮނުވުމާއި، ސެކްޝަންގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ކަމާބެހޭ ސެކްޝަނަށް ޔައުމިއްޔާ ފޮނުވުން. 4- އެކިއެކި ކަންކަމާގުޅިގެން ސެކްޝަނުން އިންތިޒާމްކުރާ ޖަލްސާތަކާއި ބައްދަލުވުންތަކުގެ ކަންތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، އެފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ބެލެހެއްޓުމާއި، އެކަމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 5- ސެކްޝަނަށް ލިބޭ ލިޔެކިއުންތަކަށް ޖަވާބު ލިޔުމާއި، އެފަދަ ލިޔުންތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، އެ ލިޔުންތަކުގެ މަސައްކަތް ނިމުމުން ފައިލްކުރުމަށް ދޫކުރުމާއި، އެތަކެތި ބެލެހެއްޓުން. 6- ޑާސާގެ ބަޖެޓް މަޢުލޫމާތު އަހަރީ ބަޖެޓްގައި ހިމެނުމަށް މިނިސްޓްރީގެ ފައިނޭންސް ސެކްޝަނުން އެދުމުން ތައްޔާރުކޮށް ފޮނުވުން. 7- ޑާސާ އަށް ބެނުންވާތަކެތީގެ ރިކިއުޒިޝަން މިނިސްޓްރީގެ ކަމާބެހޭ ފޮނުވައި އެތަކެތި ހޯދުން. 8- ޑާސާގެ އަހަރީ ރިޕޯޓްތައްޔާރުކޮށް ކަމާބެހޭ ސެކްޝަނަށް ފޮނުވުން.
|
މަގާމުގެ ޝަރުތުތައް: |
1- އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.
މެނޭޖްމަންޓް އެޑްމިނިސްޓްރޭޝަން |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ވުޒާރާގެ ww.defence.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ. 4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ. 6- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، (ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ، ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- އަސާސީ ޝަރުތު ހަމަވުން %30 - އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5 - ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް %5 - އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5 - އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) %20 - އިންޓަރވިއު %35 ނޯޓް: މަގާމަށް ޢައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަކަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އިން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. |
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި (ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް) ހުށަހަޅާނީ 2025 ޖަނަވަރީ 7 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން މި މި ވުޒާރާ އަށެވެ. ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް ([email protected]) އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް އޮންލައިންކޮށް މިވުޒާރާ އަށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު: |
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނާއި އިންޓަވިއު އޮންނާނީ، 2025 ޖަނަވަރީ 12 އާ 16 އާ ދެމެދު، ދިފާޢީ ވުޒާރާގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް)" އާންމުކުރުން. |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މަޢުލޫމާތު ސާފުކުރުން. |
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
28 ޖުމާދަލްއާޚިރާ 1446