ދިވެހިރާއްޖެ
މަސްޖިދުލް ޢިބާދާތުގައި ވުޟޫކުރުމަށް ޚާއްސަ އިސްކުރުބަރިއަކާ އެކު ދެ ފާޚާނާ އަދި ގުދަނެއް އެޅުމަށްޓަކައި މަސައްކަތްކޮށްދެއްވާނެ ބަޔަކު ހޯދާން ބޭނުންވެއެވެ.
އިމާރާތް ކުރުމަށް ކަނޑައަޅާފައިވާ ތަނުގެ ކުރެހުމުގެ ތަފްޞީލް، މި އިޢުލާނާ އެކު ޝާއިޢުކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި އެ ވަނީއެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ 2025 ޖަނަވަރީ 05 ވާ އާދިއްތަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ. މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ޖަނަވަރީ 05 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގައި މި އިދާރާގައެވެ.
https://forms.gle/GpvQiua8URVp5uk17
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޮތް ވިއްކާން ހަމަޖެހިފައިވަނީ 2025 ޖަނަވަރީ 06 ވާ ހޯމަ ދުވަހު މެންދުރު ފަހު 1:00 އިން ފެށިގެން 2025 ޖަނަވަރީ 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް، މި އިދާރާއިންނެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2025 ޖަނަވަރީ 13 ވާ ހޯމަ ދުވަހު މެންދުރުފަހު 1:00 ގައި މި އިދާރާ ގައެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ވިޔަފާރިއަކުން އެ ވިޔަފާރިއެއްގެ ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅާން ވާނެއެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ، އެ މީހާ ފޮނުވާނީ އެ ކަން އަންގައިދޭ ސިޓީއަކާ އެކު ގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |
|
ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް |
9762223 |