އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ (އެމް.އެސް 4) - ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން

މި އިޢުލާންވަނީ 11 ފެބުރުވަރީ 2025 15:58 ގައި ބާތިލް ކުރެވިފައެވެ.


(IUL)38-BB/38/2024/502 :ނަންބަރު

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ޑެޕިއުޓީ ޑިރެކްޓަރ (އެމް.އެސް 4)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު 7875.00 ރުފިޔާ (ހަތްހާސް އައްސަތޭކަ ހަތްދިހަފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 4000.00 ރުފިޔާ (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މަހަކު 3543.75 ރުފިޔާ (ތިންހާސް ފަސްސަތޭކަ ސާޅީސް ތިންރުފިޔާ ހަތްދިހަ ފަސްލާރި)

ޙާޟިރީ އެލަވަންސް

ދުވާލަކު 236.00 ރުފިޔާ )ދުއިސައްތަ ތިރީސް ހަރުފިޔާ) (ޕްރޮބޭޝަން މުއްދަތު ހަމަވުމުން)

ވަޒީފާގެ ބާވަތް: 

ދާއިމީ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަނުގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ލެވެލް 7 ނުވަތަ 8 ގެ ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއަކުން، މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި، އެމް.އެސް 3 ރޭންކުގެ މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސެޓްފިކެޓެއް ހާސިލްކޮށްފައި ވުމާއެކު، އެމް.އެސް 3 ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް:

  • ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރިކަމުގެ ލިޔުމެއް ހުށަހަޅާނަމަ ވަޒީފާ އަދާކުރި ތަނަކީ އެސް.އެމް.އީ ކްލެސިފައިޑް ތަނަކަށް ވާންވާނެއެވެ.
  • ޓެކްނިކަލް މަޤާމެއްނަމަ، އެ މަޤާމަކަށް ކަނޑައެޅިފައިވާ ޖުމްލަ ތަޖުރިބާގެ މުއްދަތު ހަމަވާންވާނެއެވެ.

މަގާމުގެ މަސައްކަތުގެ ދާއިރާ:

  • ޝަރީޢާ / ޤާނޫނު

އިތުރަށް ބަލާނެ ކަންތައް:

  1. އުމުރުން 18 އަހަރާ 45 އަހަރުގެ އުމުރުފުރައިގެ މީހަކު ކަމުގައިވުން.
  2. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  3. ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. ސިޔާސީ ހަރަކާތެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެ އުޅޭ މީހެއްކަމުގައި ނުވުން.
  6. މަޤާމްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދިނުން.

 

މަސްއޫލިއްޔަތު:

  • ކޮމިޝަނަށް ދައުވާ ލިބޭ މައްސަލަތަކުގައި ޓްރައިބިއުނަލްތަކާއި ޝަރުޢީ ކޯޓުތަކުގައި ކޮމިޝަން ތަމްސީލްކޮށް ވަކާލާތުކުރުން.
  • އިންތިޚާބުތަކުގައި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާ ލަފާ ބޭނުންވާ ކަންކަމުގައާއި މައްސަލަތަކުގައި ޤާނޫނީ ލަފާ ދިނުން.
  • ޤާނޫނީ ކަންކަމުގައި ކޮމިޝަނަށް ލަފާދިނުން.​
  • ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމަށް އެހީތެރިވެދިނުން.
  • ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުން.
  • އިންތިޚާބާއި ގުޅިގެން ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  • ސިޔާސީ ޕާޓީތައް ރެގިއުލޭޓްކުރުމުގެ އެންމެހައި މަސައްކަތްކުރުން.
  • ކޮމިޝަނާ ގުޅުންހުރި ޤާނޫނުތައް ދިރާސާކުރުން.
  •  ޤާނޫނީ ލިޔެކިޔުންތައް ތަރުޖަމާކުރުން ޤާނޫނު ނަންބަރު 2013/4 9 (ސިޔާސީ ޕާޓީގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން ޕާޓީތަކުގެ އެންމެހާ ކަންކަން ބެލެހެއްޓުން.
  • ހަފްތާއިން ހަފްތާއަށް ކުރަންޖެހޭ މަސައްކަތް
  • ކޮމިޝަނުގެ މަސައްކަތާއި ގުޅިގެން ނުވަތަ މުވައްޒަފަކާ ބެހޭގޮތުން ބަލަންޖެހޭ މައްސަލައެއް ވާނަމަ، އެ މައްސަލައެއް ބަލައި، ޢަމަލުކުރާނެ ގޮތުގެ އިރުޝާދު ކޮމިޝަނަށް އެރުވުން. (ޤާނޫނާއި ޤަވާއިދާ ޚިލާފުވުން ފަދަ މައްސަލަތައް).
  • ކޮމިޝަނުން ތައްޔާރުކުރާ އެގްރިމެންޓްތަކަށް ޤާނޫނީ ލަފާ ދިނުން.
  • ކޮމިޝަނުގެ އަދި އިންތިޚާބުތަކާ ބެހޭ ޤާނޫނުތައް، ޤަވާއިދުތައް އަދި ކޮމިޝަނުން އެކި ކަންކަމުގައި އަމަލުކުރުމަށް ހަދާ އުޞޫލުތައް ބެލެހެއްޓުން. މިގޮތުން، އެކި ކަންކަމާއި ގުޅިގެން ސެކްޝަންތަކުން ތައްޔާރުކުރާ އުޞޫލުތަކުގެ އަސްލު ލީގަލް ސެކްޝަންގައި ފައިލް ކޮށް ބެލެހެއްޓުން.
  • އިންތިޚާބީ ކުށްތަކާއި އަދި ކުރުން މަނާ ކަންތައްތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި ޤާނޫނީ ލަފާ ދިނުމާއި އަދި ފިޔަވަޅު އެޅުން.
  • އިންތިޚާބުތަކާ ގުޅިގެން ޤާއިމްކުރެވޭ  ކޮންމްލެއިންޓްސް ބިއުރޯތައް ރެގިއުލޭޓް ކޮށް މޮނީޓަރ ކުރުން.
  • ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ޤާނޫނު ތަކުގެ ރިކޯޑް ބަލަހައްޓާ ކޮންމެ ޤާނޫނެއްގެ މުހިންމު ބައިތައް ކޮމިޝަނާ ހިއްސާ ކުރުން.
  • ވިސްލްބްލޯވަރސް ޕްރޮޓެކްޝަން ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.
  • މުރާޖަޢާ ކޮމެޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.
  • ސިޔާސީ ޕާޓީތަކާ ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީތަކަށް ސެކްޝަން ވެރިޔާ އަންގާ ގޮތެއްގެ މަތިން ޖަވާބު ތައްޔާރުކުރުން
  • ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް އަންނަ އުނި އިތުރު ބެލެހެއްޓުން
  • ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު ފައިލިންގ ސިސްޓަމް މެދުވެރިކޮށް ބެލެހެއްޓުން
  • ސެކްޝަންގެ ފައިލިންގ ބެލެހެއްޓުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. އިލެކްޝަންސް ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

-          ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

   - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

   5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

   - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

   މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 16 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mbއަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ރަސްމީ ވެބްސައިޓް www.elections.gov.mv  އިން ލިބެން ހުންނާނެއެވެ.

 

ނޯޓު: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ 3004472 އަށް ގުޅުއްވައި އީމެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަން ވާނެއެވެ. އަދި ދަންނަވަމެވެ. ފައިލްސައިޒް 10mb އަށް ވުރެ ބޮޑުވެގެން މިކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމުގެ ގޮތުގައެވެ.

އިތުރު މަޢުލޫމާތު:

 - ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

 - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

 - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

 - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން       ފަރާތެއް  ކަމަށް ކަނޑައެޅޭނެއެވެ.

 - މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދިނުމުގެ އިޚްތިޔާރު       ކޮމިޝަނަށް ލިބިގެންވެއެވެ.

 - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 - މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

 - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

 - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދެވޭ އަމަލީ ޓެސްޓާއި އިންޓަރވިއުއަށްފަހު އެފަރާތްތަކަށް ލިބިފައިވާ މާރކްސް އާންމު ކުރާނެއެވެ.

 

ޑެޕިއުޓީ ޑިރެކްޓަރ (އެމް.އެސް 4)ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

 ތަޢުލީމާއި ތަމްރީނު

 40

 މަސައްކަތު ތަޖުރިބާ

 15

 އިންޓަވިޔު

 35

 ޢަމަލީ ޓެސްޓު

 10

 ޖުމުލަ

 100

 

 

ޝޯޓްލިސްޓު ކުރެވޭގޮތް:

 - ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަމަލީ ޓެސްޓު ދިނުމަށްފަހު، އެ ޓެސްޓުން %50 އިން މަތި ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10       ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 - މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ    ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.    (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

 - މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ       ތަރުތީބަށް ބަލައިގެންނެވެ.

 - ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

 

25 ޑިސެންބަރު 2024
ހޯދާ