އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ގާނޫނީ ލަފާ ދިނުމާއި ކޯޓްތަކުގައި ވަކާލާތުކުރާނެ ފަރާތެއް ހޯދުން.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ބޭނުންވާ، ޤާނޫނީ ލަފާދިނުމާއި އޮފީހުގެ މަސައްކަތްތަކާ ގުޅިގެން، މި އޮފީހުން ހަވާލުކުރާ ޤާނޫނީ މަސައްކަތްތައް ކޮށްދިނުމާއި، އޮފީހުން ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކާއި، އޮފީހުގެ މައްޗަށް ހުށަހަޅާ ދަޢުވާތަކުގައި ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ތަމްސީލުކުރުމާއި އަދި މި ނޫން ވެސް ޤާނޫނީ ގޮތުން އޮފީހުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ހުށަހަޅުއްވާނީ ލިޔުމުން އީމެއިލްކޮށްގެން ނުވަތަ ފޯނުން ގުޅުއްވައިގެންނެވެ. މި ގޮތުން މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް ކުރައްވާނީ 31 ޑިސެންބަރު 2024  ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން [email protected]  އަށެވެ. ނުވަތަ ގުޅުއްވާނީ 3010996 އަށެވެ.

އަދި، 06 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 10:00 އަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވަޑައިގެން ބިޑްހުށަހެޅުއްވުން އެދެމެވެ.

24 ޑިސެންބަރު 2024
ހޯދާ