ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލުމާއިގުޅޭ

އިޢުލާން

           މި އިދާރާއިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތަކުގެ އަގު އަދާކުރުމަށް ދައްކަންޖެހޭ ފައިސާ އާއި ސަރުކާރުގެ އިދާރާތަކަށް ރައްދުކުރުމަށްޓަކައި މި އިދާރާއާއި ޙަވާލުކުރެވޭ ފައިސާ އަދި އެހެނިހެން ފައިސާ 2025 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން މި އިދާރާގެ ފައިސާ ކައުންޓަރުން ނަގުދު ފައިސާއިން ބަލައިގަތުން ހުއްޓާލުމަށް ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 170 ވަނަ ޢާންމު ބައްދަލުވުމުންވަނީ ނިންމާފައެވެ. މި ބަދަލު ގެނެވިފައިމިވަނީ ކައުންސިލްގެ މާލީ ހިސާބުތަކާއި މާލީ ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންކުރެވޭ އެންމެހާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި ކައުންސިލް ޑިޖިޓަލައިޒްކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުންނެވެ. މި ބަދަލާއިގުޅިގެން ޚިދުމަތުގެ އަގު އަދި އެކިއެކި ފަރާތްތަކަށް ރައްދުކުރުމަށް ކައުންސިލާއި ޙަވާލުކުރާ ފައިސާ އަދި އެހެނިހެން ފައިސާ ޖަމާކުރަންވީ އެކައުންޓްތަކުގެ ތަފްޞީލު ހިމެނޭ ތާވަލެއް އެއްކަރުދާސްކުރެވިފައިވާނެއެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޑިސެންބަރު 2024
ހޯދާ